އަދަބު އަޚްލާޤުތައް ވަރަށް ގިނަ އެވެ. އެހެން ނަމަވެސް، ތިރީގައި މި ބަޔާންކޮށްލާ އަދަބުތައް ދެ ކަމަކާ ހުރެ މަތިވެރިވެ ޚާއްޞަވެގެންވެ އެވެ. ފުރަތަމަ ކަމަކީ، މި އަދަބުތަކުގެ ޙުކުމްތަކާ ގުޅޭ ޝަރުޢީ ދަލީލުތައް ގިނަވުމެވެ. ދެވަނައީ، މި އަދަބުތަކަކީ އިންސާނާގެ ޙަޔާތުގައި އާއްމު ގޮތެއްގައި ބޭނުންކުރެވޭ އަދަބުތަކަކަށްވުމެވެ.
1. ތިބާ މުސްލިމަކާ ބައްދަލުވެއްޖެ ނަމަ “އައްސަލާމު ޢަލައިކުމް ވަރަޙްމަތު ﷲ ވަބަރަކާތުހޫ” ކިޔާ ސަލާމް ގޮވުން. އަދި އޭނާ ތިބާއަށް ސަލާމް ގޮވައިފި ނަމަ، ވަޢަލައިކުމުއްސަލާމު ވަރަޙްމަތު ﷲ ވަބަރަކާތުހޫ” ކިޔާ ސަލާމް ބަލައިގަތުން.
2. ގެއަކަށް ނުވަތަ އެނޫންވެސް ހުއްދަ ހޯދައިގެން ވަންނަން ޖެހޭ ތަނަކަށް ވަންނަން ބޭނުންވެއްޖެ ނަމަ ހުއްދަ ހޯދުން. އަދި ދޮރުގެ ކުރިމަތީގައި ހުއްޓިހުރުމުގެ ބަދަލުގައި ކަނާއަތް ފަރާތް ނުވަތަ ވާތް ފަރާތުގައި ހުއްޓި ހުރުން. ވަނުމަށް ހުއްދަ ދިނުމުން ވަނުން. އަދި އަނބުރާދާށޭ ބުނެފިނަމަ، އަނބުރާ ދިޔުން.
3. ކެއުމާއި ބުއިމުގެ ކުރިން “ބިސްމި ﷲ” ކިޔުން. އަދި ކަނާތުން ގަޔާ ކައިރިވީ ފަރާތުން ކެއުން. އަދި ކެއުމަށްފަހު އިނގިލިތައް ދުލުން ސާފު ކޮށްލާ “އަލްޙަމްދު لله” ކިޔުން.
4. މަޑު މޮޅިކަމާ އެކު ރިވެތި ބަހުން ވާހަކަދެއްކުމާއި ހެޔޮ ވާހަކަ ދެއްކުން. އަދި ތިމާއާ ވާހަކަ ދައްކާ ފަރާތުގެ ވާހަކަ މެދުކަނޑާލުމެއްނެތި ކަނުލާ އަޑުއެހުން. އަދި ތިމާއަށްވުރެ ބޮޑު މީހެއްގެ ކުރިން ވާހަކަ ނުދެއްކުން.
5. ނިދުމުގެ ކުރިން ވުޟޫކުރުން. އަދި ކަނާއަތް ފަރާތަށް އޮވެ ނިދުން. ކުރުސި އެއްފަހަރު ކިޔުން. އެއަށްފަހު ދެ އަތްތިލަޔަށް “ސޫރަތުލްއިޚްލާޞާއި، ސޫރަތުންފަލަޤި އަދި ސޫރަތުއްނާސި” ކިޔެވުމަށްފަހު، ދެ އަތްތިލަޔަށް ފުމެލައި ހަށިގަނޑުގައި އަތްޖެހޭ ހިސާބުތަކުގައި ދެ އަތްތިލަ ބީއްސާލުން. މިގޮތަށް ތިން ފަހަރު ތަކުރާރުކުރުން.
6. ކިނބިހި އަޅާ ނަމަ، ދެ އަތުން ނުވަތަ ހެދުމުން މޫނު ނިވާކުރުން. އަދި “އަލްޙަމްދު لله” ކިޔުން. އެއަށްފަހު، މީހަކު ތިބާއަށް “ޔަރުޙަމުކަ ﷲ” ބުނެފިނަމަ، ޔަހްދީކުމު ﷲ ވަޔުޞްލިޙު ބާލަކުމް” ކިޔުން.
7. ތިބާއަށް ކުޅަދާނަވީވަރަކުން އާފުރުން ހުއްޓުވަން މަސައްކަތްކޮށް އަތް އަނގަމަތީގައި އަތް އެޅުން. އަދި “އާހް” ފަދަ އަޑު ނުނެރުން.
8. މަޖިލީހަކުން ނުވަތަ އެއްވުމަކުން ނިމިގެންދިޔުމުގެ ކުރިން ސަލާމް ގޮވުން. އަދި މަޖިލިސް ނިމެންދެން އިށީންދެގެން އިނުން. އަދި ތިބާގެ ހަށިގަނޑުގެ އެއްބައި އަވީގައި އަދި އަނެއްބައި ހިޔަލުގައިވާ ގޮތަށް ނުއިށީންނުން. ދެ މީހެއްގެ ދެމެދުގައި ނުއިށީންނުން. އަދި މަޖިލީހުގައި ކޮޅަށްތެދުވެ ނޫޅުން. ވަންނަ މީހުންނަށް ތަންދިނުން. އަދި މަޖިލީހުގައި ﷲގެ ޛިކުރުކުރުން. މަޖިލީހުގެ ކައްފާރާ ކަމަށްވާ “ސުބްޙާނަކަ ﷲ ވަބިޙަމްދިކަ، އަޝްހަދު އައްލާއިލާހަ އިއްލާ އަންތަ، އަސްތަޢްފިރުކަ ވައަތޫބު އިލައިކަ” ކިޔުން.
9. މަގަށް އޭގެ ޙައްޤު ދިނުން: ބެލުން ތިރިކުރުމާއި، ތަކެތި އެއްފަރާތް ކުރުމާއި، ސަލާމް ބަލައި ގަތުމާއި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން.
10. ހެދުންތަކުގެ ތެރެއިން އެންމެ ރީތި ހެދުންލުން. އެންމެ ރަނގަޅު ހެދުމަކީ ހުދުކުލައިގެ ހެދުން. އަދި ތަނބިކަށްޓަށް ވުރެ ތިރިޔަށް ނުދާފަދަ ހެދުމެއްލުން. ކަނާތްފަރާތުން ހެދުން ލާން ފެށުން. ހެދުން ބޭލުމުގައި ވާތްފަރާތުން ފެށުން.
މަޞްދަރު: އިލްމު.އެމްވީ