Last Updated: June 8, 14:06
Monday, June 8, 2026
ޚަބަރު

އެފްއެސްއެމުން 7 ބުރީގެ އިމާރާތެއް އަޅަނީ

އެކި ބޭނުންތަކަށް ހާއްސަކޮށްގެން 7 ބުރީގެ އިމާރާތެއް ކ. ތިލަފުށީގައި ހަދަން ނިންމާފައިވާ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ރާވާ ލެވޭ ގޮތަށް ހަދަން ނިންމާފައިވާ އެ އިމާރާތް ޑިޒައިންކޮށް، އެތަން ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮތް އިންޓަރެސް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ މިއަދު ހެނދުނު 11:00 ގެ ކުރިން މި މެއިލް [email protected] މެދުވެރިކޮށް ސާފު ކުރަން ވެސް އެފްއެސްމުން އެދިފައިވެ އެވެ.

ރާއްޖޭގައި ތެލުމުގެ ވިފަޔާރި ހިންގާ އެފްއެސްއެމަކީ އެސްޓީއޯގެ ސަބްސިޑަރީއެކެެވެ.