ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ދެ މީހުންނަކީ ގއ. ގެމަނަފުށީ ރަންކޮކާގޭ، ނަދީފު މުހައްމަދު، 36، އާއި ޅ. ނައިފަރު، ހަލަވެލި މަހުމޫދު އަބްދުﷲ، 30، އެވެ.
ފުލުހުން ބުނީ އެ މީހުން ހޯދަން އިއުލާންކުރީ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ނަދީފު، މާލޭގެ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވާން އަންގާފައިވެ އެވެ. އަދި ހަމަ އެ ދުވަހު މެންދުރު 12:00 މަހުމޫދު ހާޒިރުވާން އަންގާފައިވެ އެވެ.