އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ
މިިއީ ރައީސް ޑޮނަލްޑް ޓްރަމްޕް މި އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ނައިބު ރައީސް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނަގެ މި ހަތަރު ދުވަހުގެ ދަތުރުގައި އަނބިކަނބަލުން އޫޝާ ވޭންސް އާއި ދެކަނބަލުންގެ ތިން ބޭފުޅުން ވެސް ބައިވެރިވެ އެވެ.
A very warm welcome to @VP JD Vance, @SLOTUS Mrs. Usha Vance, & the U.S. 🇺🇸 delegation to 🇮🇳! Received by Minister of Railways and I&B @AshwiniVaishnaw at the airport.
The Official Visit (21–24 Apr) spanning Delhi, Jaipur & Agra is expected to further deepen the India–U.S.… pic.twitter.com/EAb8eto33N
— Randhir Jaiswal (@MEAIndia) April 21, 2025
ވޭންސްގެ އަނބިކަނބަލުން އޫޝާ އަކީ އިންޑިއާ ދަރިކޮޅުުގެ އެމެރިކާ ރައްޔިތެކެވެ.
ވޭންސްގެ އިންޑިއާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި ތަފާތު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.
މި ދަތުރުގެ ތެރޭގައި ވޭންސް ޖެއިޕޫރާއި އާގްރާ ވެސް ޒިޔާރަތް ކުރައްވާނެ އެވެ.
VIDEO | US Vice President JD Vance (@VP) receives ceremonial Guard of Honour upon his arrival in Delhi.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/wG1KaIxhHI
— Press Trust of India (@PTI_News) April 21, 2025
އިންޑިއާގެ ނައިބު ރައީސް އިންޑިއާ އަށް ވަޑައިގެންފައި މި ވަނީ ޓްރަމްޕްގެ ސަރުކާރުން ބޮޑުކޮށްފައިވާ ޓެރިފްގެ މައްސަލައިގައި އިންޑިއާ ވެސް ނުތަނަވަސްކަމުގެ ތެރޭގައި އުޅޭ ދަނޑިވަޅެއްގަ އެވެ.