Last Updated: April 30, 09:40
Wednesday, April 30, 2025
ޚަބަރު

7 މަހުގެ ކުއްޖަކު މަރުވި މައްސަލައެއް

ގއ. ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން 7 މަހުގެ ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ފިރިހެން ކުއްޖާ ނިޔާވީ ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ހާލު ކުއްލިއަކަށް ގޯސްވެ ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.

އާއިލާ އިން ކިޔައި ދީފައިޗާ ގޮތުގައި ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރޯގާ ޖެހި ނޭފަތުން ފައިބާތީ އެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު އެ ނޫން އިތުރު އެއްވެސް އުނދަގުލެއް ދަރުފުޅުގެ ނެތް ކަމަށާއި ޑޮކްޓަރަށް ދެއްކުމުން ނޭފަތަށް އާވިއަރުވަން ބުނުމުން އެކަން ކުރަމުން އައިކަމަށް އާއިލާ އިން ބުންޏެވެ.

ނަމަވެސް އޭގެ ތިން ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ދެވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން ބޭހަކަށް ބަދަލުކޮށް، ޓެސްޓެއް ހަދަން ޖެ ހޭކަމަށް ސިއްހީ މަރުކަޒުން ބުނިކަމަށް އާއިލާ އިން ކިޔައި ދީފައިވެ އެވެ.

އޭގެ ފަހުން ކުއްޖާ ރޯތީ ޑޮކްޓަރަށް ދިޔުމުން ކުއްޖާގެ ނޭފަތަށް ސިރިންޖަކަށް އައިވީ ފެން ހަތަރު ފަހަރެއްގެ މަތިން އަޅާފައި އަރިދަފުސް ބޭރުކުރަން މަސައްކަތްކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެކަން ކުރުމުން ކުއްޖާ ތުރުތުރު އަޅައިި ކުއްޖާގެ ވާއަތްފަޅީގެ ނޭފަތުން ލެއާ އެކީގައި ފެންތައް ފައިބައިގެން ދިޔަކަމަށް އާއިލާ އިން ބުންޏެވެ.

އަދި ޑޮކްޓަރު އަވަސް އަރުވާލައިގެން އިންޖެކްޝަނެއް ޖެހިކަމަށާއި އިންޖެކްޝަން ޖެހުމުން ކުއްޖާގެ ރޮއިފައި ނުވާ ކަމަށާއި އޭގެ ފަހުން ދަރިފުޅު ވަރަށް ބޮޑަށް ހޮޑު ވެސް ލާފައިވެ އެވެ.

އާއިލާ އިން ކުއްޖާ ނޭވާ ނުލާތީ ނަރުހަކު ބުރަކަށި މަތީގައި ތަޅަން ފެށި ކަމަށާއި ފަހުން މެޝިން ވެސް ގުޅި ކަމަށެވެ. އަދި ފަހުން ސީޕީއާރު ދިނުމަށް ފަހު ކުއްޖާ ރަނގަޅު ކަމަށް ބުނުމަށް ފަހު ޑޮކްޓަރުންނާ އެކު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ފޮނުވާލި ކަމަށާއި އެތަނަށް ގެންދިޔައިރު ވެސް ކުއްޖާގެ "ހިތް މަސައްކަތް ނުކުރާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ އާއިލާ އިން ބުނެފައިވެ އެވެ. ހޮސްޕިޓަލާއި ހަވާލާދީ ކުއްޖާގެ ބައްޕަ ވަނީ ކިޔާދީފައެވެ.

އާއިލާއިން ބުނީ ކުއްޖާ މަރުވީ ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށާއި އެކަމަށް އިންސާފު ބޭނުންވާ ކަމަށެވެ.

މި މައްސަލައިގައި ގެމަނަފުށީ ސިއްހީ މަރުކަޒާއި ހެލްތު މިނިސްޓްރީން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.