Last Updated: April 30, 10:23
Wednesday, April 30, 2025
ޚަބަރު

އުރީދޫން އުމްރާ ދަތުރުތަކާއި ހައްޖު ދަތުރެއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންފެ ދަށުން އުމްރާ އާއި ހައްޖު ދަތުރު ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ "ލިވް އަންލިމިޓެޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށް ދިނުގެ ވައުދެއް ކަމަށެވެ. އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްގައި، ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު، އަދި އެއްވެސް ހުރަހެއް ނެތި އުޅެވޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށް އުރީދޫން ބުންޏެވެ.

އެގޮތުން ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން ނަސީބުވެރި ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވާ އިރު، ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދޭނެ އެވެ.
އަދި 20 ވަނަ އިނާމެއްގެ ގޮތުގައި ގްރޭންޑް ޕްރައިޒަކީ ނުދެ މީހަކަށް ހައްޖު ދަތުރެކެވެ.

އެ އިނާމު ހޯދޭނެ ގޮތްތަކުގެ ތެރޭގައި:

* 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
* އާ ކަސްޓަމަރުން ހިދުމަތް ބޭނުން ކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުން ކުރުން
* ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ

އުރީދޫން ވަނީ ފާއިތުވި 20 އަހަރުގެ ތެެރޭގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ރާއްޖޭގައި ހާސިލްކޮށްފަ އެވެ.