Last Updated: April 30, 10:23
Wednesday, April 30, 2025
ޚަބަރު

މުލީ އެއާޕޯޓްގެ ޓެސްޓް ދަތުރު ހުކުރު ދުވަހު

އަލަށް ތަރައްގީކޮށް މިހާރު ހުޅުވަން ތައްޔާރީތައްވަމުް އަންނަ މ. މުލީ އެއާޕޯޓަށް ބާއްވާ ޓެސްޓް ފްލައިޓް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައުގި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު މުބީން ދައުލަތު މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށް ހަމަޖެހިފަވާ އިރު، އެ ދަތުރު ބޭއްވާނީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށެވެ.

މުލީ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.

މުބީން ވިދާޅުވީ ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއާޕޯޓަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ނަގައި ނިންމާފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ މުލީ އެއާޕޯޓް ރަސްމީކޮށް ދަތުރުތަކަށް ހުޅުވައިލާ އިރު، އޮޕަރޭޝަނަށް ބޭނުންވާ އިތުރު މުވައްޒަފުން ވެސް ނަގައި އެ މީހުންނަށް ބޭނުންވާ ތަމްރީންތައް ދޭނެ ކަމަށެވެ. ރަސްމީކޮށް ދަތުރުތައް ފަށާނީ ޓެސްޓް ފްލައިޓަށް ފަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލާ މިންގަނޑުތަކާއި އެސެސްމަންޓްތަކަށް ފަހު އެވެ.

އެހެންވެ އެ އޮޕަރޭޝަން ފަށަން މަހެއްހާ ދުވަސް ނަގާނެ ކަމަށް މުބީން ވިދާޅުވި އެެވެ.

މުބީން ބިދާޅުވީ ޓެސްޓް ފްލައިޓަށްފަހު ކޮމާޝަލް ނުވަތަ ވިޔަފާރި ދަތުރުތައް ފެށުމަށް މަހެއްހާ މުއްދަތު ހޭދަވާނެކަމަށެވެ. ފްލައިޓް ދަތުރުތައް އޮންނަ ދުވަސްތަކާ އަގުތައް މޯލްޑިވިއަންއިން އާންމުކުރާނެއެވެ.

ދެހާސް އެކާވީހުގައި އަމަލީ މަސައްކަތް ފެށި މުލި އެއާޕޯޓަކީ މަޝްރޫއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.