Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫގައި ވޯޓާ ތީމް ޕާކެއް ހަދަނީ

އައްޑޫގައި ބޭއްވި އިވެންޓެއްގައި ކުދިންތަކެއް މަޖާ ކުރަނީ. ފޮޓޯ/ ކޮޒްމިކް ކެޕްޗާސް

އައްޑޫގައި ވޯޓާ ތީމް ޕާކެއް ހަދަން ނިންމައިފި އެވެ.

ކައުންސިލުން މިހާރު އޮތީ އެ މަސައްކަތް ފެށުމުގެ ކުރިން ވޯޓާ ތީމް ޕާކް ސަރަހައްދުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ބަޔަކު ހޯދަން ވެސް ބީލަމަށް ލައިފި އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 8 އާ ހަމައަށެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް އޮންނާނެ އެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

ކައުންސިލުން ބުނި ގޮތުގައި މިއީ އީއައިއޭ ހަދައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި ދެވަނަ ފަހަރެވެ. އަލުން ހުޅުވައިލީ ކުރިން ހުޅުވައިލި ފުރުސަތުގައި އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތީ އެވެ.