Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އަޟްހާ އީދާއި ގުޅިގެން އުރީދޫއިން ހާއްސަ ޕްރޮމޯޝަންތަކެއް !

އަޟްހާ އީދާއި ގުޅިގެން އުރީދޫއިން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

އުރީދޫގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި، މައި އުރީދޫ އެޕް ބޭނުންކޮށްގެން މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް އުރީދޫގެ ޑޭޓަރ ޕެކޭޖެއް އެކްޓިވޭޓް ކުރުމުން، އެކްޓިވޭޓް ކުރި އަދަދެއްގެ 50 ޕަސެންޓް ބޯނަސް ޑޭޓަރ މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

މީގެއިތުރުން މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް މައި އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ރީޗާޖަކަށް 35 ޕަސެންޓް އާއި ހަމައަށް ހިލޭ ބޯނަސް ކްރެޑިޓް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި މިމަހުގެ 20 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ގަންނަ ކޮންމެ އުރީދޫ 4ޖީ މޮޑެމް އަކާއެކު 2ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށެވެ.