Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފި

އައްޑޫ ސިޓީ ވަލުތެރެއިން ފެނުނު ތަކެތި -- ޕޮލިސް ފޮޓޯ: ހިތަދޫ ޕޮލިސް ސްޓޭޝަން

ހިތަދޫގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި ހޯދާފައި ވަނީ އަޟްހާ ޢީދާއި ދިމާކޮށް އައްްޑޫގައި ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ޖިނާއީ ކުށްތައް ހިންގަފާނެކަމަށް ބެލެވޭ ބައެއް ތަންތަން ބަލައި ފާސްކުރަމުން ދަނިކޮށް މިއަދު 13:30 ހާއިރު އެވެ. ފުލުހުންގެ މީޑިޔާގައި ހާމަކޮށްފައިވާ ގޮތުގައި މިތަކެތި ފެނިފައިވަނީ ހިތަދޫ ހުޅަނގު ފަރާތު ވަލުތެރެއިންނެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމެގެ ދަށަށް ގެންގޮސްފައި ނުވާއިރު މިމައްސަލަ ހިތަދޫ ޕޮލިސްޓޭޝަނުން ދަނީ މި ތަހުޤީޤު ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިޔާ ގައި ހާމަކޮށްފައިވެއެވެ.