Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އެމްޕީއެލްގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ބޯޑަށް އައްޔަންކުރީ ހއ. ފިއްލަދޫ، މަބުސްތާނުގޭ، މުޙައްމަދު ވަޙީދު ކަމަށެވެ.

އޭނަ އަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑްގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ވަހީދު ކުރިން ވެމްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ.