Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ޑިފެންސް މިނިސްޓްރީ އަށް 1،000 ގޮދަޑި ހޯދަނީ

އެެއްހާސް ގޮދަޑި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ގޮދަޑި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000ރ . ވެސް ހުށަހަޅަން ޖެހޭނެ ކަަމަށާއި ބިޑް ސެކުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފަށައިގެން 90 ދުވަސް ކަމަށެވެ. ބިޑް ސެކިއުރިޓީ ހުށަނާޅާ ފަރާތްތަކުގެ ބީލަން ބާތިލުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުތަކުން 9772601 , 3327881 ހޯދޭނެ އެވެ.