Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން "ކުޑަކުދިންގެ ޢީދު ހަވީރު" ފަސްކޮށްފި

ފޮޓޯ: ނޫރުލް އިސްލާމް

ހިތަދޫ ނޫރުލް އިސްލާމް ޖަމްޢިއްޔާ އާއި ހިރާ ސްކޫލުގެ ޕީ.ޓީ.އޭ ގެ އިތުރުން އައްޑޫ ހައި ސްކޫލް ގުޅިގެން މިއަދު ހަވީރު ބާއްވަން ނިންމި "ކުޑަކުދިންގެ ޢީދު ހަވީރު" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައިވާ ކަމަށް އެފަރާތުން ބުނެފިއެވެ.

ނޫރުލް އިސްލާމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު ހަވީރު ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު ދެން ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށެވެ.

" މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް 5 ދުވަހު ވެސް އައްޑޫއަށް ވިއްސާރަކުރާނެ. އަޅުގަނޑުމެން މޫސުން ރަގަޅު ވުމުން އިއުލާން ކުރާނަން ކުޑަކުދިންގެ ހަވީރު ބާއްވާނެ ތާރީޚު. " އޮފިޝަލް ވިދާޅުވިއެވެ.