Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ރައީސަށް މެލޭޝިއާ އިން ހޫނު މަރުހަބާއެއް

ރަސްމީ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސަށް މަރުހަބާ ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. ރައީސް މެލޭޝިއާ އަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރަކީ އަންވަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގެ ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ، ދަތުރުގައި ރައީސާ އެކު ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވަޑައިގަނެވެ އެވެ.