Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ފްލެޓަކުން ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ

ހުޅުމާލޭގެ ވިނަރެސް ޓަވަރަކުން ޚަބަރު ހުސްވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މީހަކު ހަޅޭއްލަވާތީ ފުލުހުން ބެލި އިރު، ހެނދުނު 06:05 ހާއިރު ވިނަރެސް ޓަވަރެއްގެ އެޕާޓްމަންޓަކުން ޙަބަރު ހުސްވެފައިވާ މީހަކު ފެނިފައިވާ ކަމަށާއި އެއީ 21 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.