Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

އެނިމަލް ވެލްފެއާ އަށް ޖަމިއްޔާތައް ހޯދަނީ

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާ ގުޅިގެން ހިލޭ ސާބަހަށް އެނިމަލް ވެލްފެއާ ގުޅުން ހުރި މަސައްކަތްތަައް ކުރަން ޝައުގުވެރިވާ އަމިއްލަ ޖަމިއްޔާތަކަށް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ ޝައުގުވެރިވާ ޖަމިއްޔާތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު 3339288 އަށް ގުޅައިގެން ހޯދޭނެ އެވެ.

ވޮލަންޓިއާކޮށް މިނިސްޓްރީއާ ގުޅިގެން އެނިމަލް ވެލްވެފެއާއާ ގުޅުން ހުރި މަސައްކަތް ކުރަން ޖަމިއްޔާތަކަށް ފުރުސަތު ހުޅުވައިލި އިރު، މިނިސްޓްރީން މިހާރު އަންނަނީ ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކުރި "އޮޅު ހިޔާ" ގައި ބުޅާތައް ބެލެހެއްޓުމުހެ މަސައްކަަތް ކުރަމުންނެވެ.

އެގޮތުން އެ މަސައްކަތަށް މިހާރު ވެދސް ރާއްޖޭގެ ޖަމިއްޔާއެއް ކަމަށް ފީލައިން ވެލްފެއޭ އޮގަނައިޒޭޝަން އެފްޑަބްލިއުއޯ) ގެ އެހީތެރިކަން ލިބެމުންދެ އެވެ.