މާލޭގެ މޫނުމަތީގައި ކުރިން ހިންގި މަޝްހޫރު ހޮޓާ، ނަސަންދުރަ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ބޮޑެތި ބަދަލުތަކަކާ އެކު ހުޅުވައިފި އެވެ.
ސްޕެއިންގެ ކުންފުންޏަކުން 25 ބުރިއަށް ތަރައްގީކޮށް، ހިންގަން ފެށި މި ސިޓީ ހޮޓަލަށް މިހާރު ކިޔަނީ "ބާސެލީ ނަސަންދުރަ މާލެ" އެވެ. އެތަނުގައި 136 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރޭގައި 95 އޯޝަން ވިއު ރޫމާއި 116 ލަގްޒަރީ ސާވިސް އެޕާޓްމަންޓް ހިމެނެ އެވެ.
މީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ޕޫލަކާއި ސްޕާ އާއި ކޮންފްރެންސާއި އެގްޒިބިޝަންތަކަށް ހާއްސަ ހޯލެއް ވެސް ހުންނާނެ އެވެ.
"ބާސެލޯ ނަސަންދުރަ މާލެ" ހިންގާ ކުންފުންޏަކީ ސްޕެއިންގެ ހޮޓެލް ޗެއިން ބާސެލޯ ގްރޫޕެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 'ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް" ގެ ނަމުގައި އދ. އަތޮޅުގައި ފަސް ތަރީގެ ރިސޯޓެއް ވެސް ހުޅުވާފައިވެ އެވެ.
އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގައި އިތުރު ރިސޯޓްތަކެއް ތަރައްގީ ކުރަމުންނެވެ.