Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދޭން އެދިއްޖެ

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައި ދޭން އެދި އިސްލާމިކް މިނިސްޓްރީން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރަން ނުޖެހި، ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ.

މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވުން ފުރުޞަތު ދީފައި ވަނީ 7 ޤައުމަކަށެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އުންމީދަކީ ރާއްޖެ އިން އެދުނު ގޮތަށް ފުރުޞަތު ލިބޭނެ ކަމަށެވެ.

"އެކަމަށްޓަކައި މި އަންނަނީ މަސައްކަތް ކުރަމުން،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.