Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ރަސްފަންނު މޫދަށް ތެޔޮ އެޅިފައިވާތީ ނޭރެން އެދިއްޖެ

މާލޭގެ ސްފަނުން މޫދަށް ކަޅުތެޔޮ އެޅުފައިވާތީ ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެތަނަށް އެރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ ރަސްފަންނު ގޮނޑުދޮށުގައި އިންޖީނު ތެޔޮ ހުރެގެން އެކަން ބަލަމުން އަންނަ ކަމަށާއި ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އެކަން ތަހުގީގު ވެސް ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ ރަސްފަންނު ސަރަހްއަދަށް މޫދަށް އެރޭ ފަރާތްތަކުން މި ދުވަސްވަރު އެތަނަށް މޫދަށް ނޭރުމަށާއި މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް ނުހިންގުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ރަސްފަންނު މޫދަށް ތެޔޮ އެޅިގެން ވަގުތީ ގޮތުން އެތަނަށް ނޭރެން އަންގާފައިވެ އެވެ.