Last Updated: April 30, 05:48
Wednesday, April 30, 2025
މުނިފޫހިފިލުވުން

ސަލްމާންގެ ޔޫކޭ ޓުއާ ކެންސަލްކޮށްފި

ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަންނަ މަހު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދަން ނިންމި ޓުއާ ކެންސަލްކޮށްފި އެވެ.

"ދަ ބޮލީވުޑް ބިގް ވަން" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ޓުއާގެ ތެރެއިން ދެ ޝޯއެއް ދޭން އޮތީ ނިންމި އެވެ. އެއީ އަންނަ މަހުގެ 4 ގައި މެންޗެސްޓާގައި ބާއްވަން ނިންމި ޝޯއަކާއި 5 ވަނަ ދުވަހު ލަންޑަންގައި ބާއްވަން ނިންމި ޝޯއެކެވެ.

ނަމަވެސް މި ޓުއާ މިހާރު ކެންސަލްކޮށްފައިވާކަން ސަލްމާން މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފައިވެ އެވެ. އެގޮތަށް ނިންމީ ކަޝްމީރުގެ ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާތީ ކުރިމަތިވެފައި އޮތް ހިތާމަ އާއި ނުތަނަވަސްކަމާ ހެދި ކަމަށް ސަލްމާން ބުންޏެވެ.

އެހެންވެ ޔޫކޭ ޓުއާ ކުރިން ތާވަކުރި ތާރީހުތަކުގައި ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ސަލްމާން ބުންޏެވެ. އަދި ތާރީހުތައް ލަސްތަކެއް ނުކޮށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

"ދަ ބޮލީވުޑް ބިގް ވަން" ގައި ސަލްމާނާ އެކީ މަދޫރީ ޑިކްސިޓާއި ވަރުން ދަވަނާއި ޑިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފާއި ކްރިތީ ސެނަން އާއި ސާރާ އަލީ ޚާނާއި ކޮމީޑިއަން/އެކްޓަރު ސުނިލް ގްރޯވާގެ އިތުރުން މަނީލް ޕޯލް ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.