Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

އުރީދޫން އެޕަލް ވޮޗަށް އީ-ސިމް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސް އިން އެޕަލް ވޮޗް ގެންގުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީ-ސިމްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ ކަމަށެވެ. އޮފާ އަށް ފަހު ހިދުމަތް ލިބޭނީ މަހަކު 199ރ. ރުފިޔާއަށެވެ.

ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސްހިދުމަތް ހުޅުވާލާފައިވާ އިރު، އެ ހިދުމަތް ނަގާ ކަސްޓަމަރުންގެ އަތުގައި އައިފޯނެއް ނެތަސް އެޕަލް ވޮޗުން ކޯލް ކުރެވޭނެ އެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ލިބޭނެ އެވެ.