Last Updated: July 16, 00:49
Tuesday, July 15, 2025
ޚަބަރު

ޝުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާކޮށްފި

މީގެ ދެ ދުވަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން އެހެން ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު "ވެއްޓުނު" ހާދިސާގެ ތަހުގީގާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ތެރޭގައި ޒުވާނުންތަކެއް މާލޭގައި ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި އިސްތިއުފާ އަށް ވެސް ގޮވަމުން ދަނިކޮށެވެ.

ސީޕީގެ މަގާމަށް ޝުޖާއު އައްޔަންކުރީ ޑިސެމްބަރު 25، 2023 ގަ އެވެ.

އޭނަ މަގާމަށް އައްޔަން ކުރި އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައެވެ.

ޝުޖާއު އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277 ގެ އެފްބީއައި ގުރެޖުއޭޓެކެވެ.