Last Updated: April 30, 05:48
Wednesday, April 30, 2025
މުނިފޫހިފިލުވުން

'އަލިފާން' އޮކްޓޯބަރު 6 ގައި

ޑާކް ރެއިް އެންޓަޓައިންމަންޓުން މި އަހަރުގެ ގެނެސްދޭ ފިލްމު "އަލިފާން" އޮކްޓޯބަރު 6 އަށް ތާވަލުކޮށްފި އެވެ.

މި ފިލްމަކީ މީގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށް ގެނެސްދޭ އެކްޝަން ތުރިލާއެކެވެ. 'އަލިފާން' ގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ.

މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ވެސް ޓީމެވެ. އޭގެ ކާމިޔާބީއާ ގުޅިގެން އަނެއްކާ ވެސް ހަމަ ޖޯންރާގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ "އަލިފާން" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

"އަލިފާން" މީގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.

މިހާރު ރަސްމީ ޓީޒާ ޓްރެއިލާ ވެސް އާންމުކޮށްފައިވާ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެކެވެ.