Last Updated: April 30, 09:24
Wednesday, April 30, 2025
ޚަބަރު

ޤުރުއާން ހިތުދަސްކޮށްދޭ ތަންތަން ދަފުތަރު ކުރަނީ

ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ތަފުތަރެއް އެކުލަވާލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ދަފުތަރު ބެލެހެއްޓުމަކީ އެ މަރުކަޒަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެންވެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށައި، އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 5 ގެ މެންދުރު 12:00 އެވެ.

މަރުކަޒުން ބުނީ ދަފުތަރުކުރެވޭ ކުލާސްތަކަށް މަރުކަޒުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން މާލީ އެހީތެރިކަން ވެސް ފޯރުކޮށް ދޭނެ ކަމަށެވެ.

ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކުުގެ ދަފުތަރަކަށް ހުޅުވައިލި އިރު، މިހާރު އަންނަނީ ޤުރުއާން ހިދުތަސްކުރާ މީހުންގެ ދަފުތަރެއް ވެސް އެކުލަވާލަމުންނެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ގޮތުގައި ރާއްޖޭގައި މިހާރު ވެސް ޤުރުއާން ހިތުދަސްކުރާ މީހުންގެ އަދަދު 700 އާ ގާތްކުރާނެ އެވެ.