ދުންފަތާ ދެކޮޅަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 21 އަހަރުން ދަށުގެ މީހުންނަށް ވެސް ދުންފަތް ވިއްކުން މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަމާ ގުޅޭ ބިލެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން ޖެނުއަރީ 1، 2004، ގެ ފަހުން އުފަންވެފައިވާ މީހުންގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.
ދުންފަތުން ޒުވާން ޖީލު ސަލާމަތް ކުރަން ދާދި ފަހުން "ޖެނެރޭޝަނަލް ބޭން" އެއް ވެސް ގެންނަން ނިންމައިފަ އެވެ. އެގޮތުން ޖެނުއަރީ 1، 2007 ގައި އުފަންވެފައިވާ އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރަން ސަރުކާރުން ނިންމީ މި މަހުގެ 13 ގަ އެވެ.
އެއަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިިގެންނެވެ. އެހެންވެ އެ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.
ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ސިނގިރެޓްގެ ޑިއުޓީ ވެސް ބޮޑުކޮށްފަ އެވެ. އަދި މިހާރު ދުންފަތާ ދެކޮޅަށް ހުށަހަޅާފައިވާ ބިލަމުގައި ވަނީ ދުންފަތް އޮޅަން ބޭނުންކުރާ ތަކެތި ވެސް މަނާކުރަން ވެސް ހިމަނައިފަ އެވެ.