Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

މިއޮޓް ހޮސްޕިޓަލްގެ ސެންޓަރެއް މާލޭގައި ހުޅުވަނީ

އިންޑިއާގެ މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލްގެ ސެންޓަރެއް މާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ސެންޓަރު ހުޅުވަން ހަމަޖެހިފައި ވަނީ ގ. މޫނިމާގޭގައި މާދަމާ އެވެ.

މިއޮޓް ހޮސްޕިޓަލުން ބުނީ ފާއިތުވި 10 އަހަރު ތެރޭގައި އެ ހޮސްޕިޓަލަށް ދިވެހިންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ ކަމަށާއި ހިދުމަތް ހޯދާ ދިވެހިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރާއްޖޭގައި ތިބެގެން މިއޮޓްގެ ހިދުމަތް ލިބޭ ގޮތްވުމަކީ ދިވެހިންނަށް ދެވޭ ހާއްސަ ހަދިޔާއަކަށް ވާނެ ކަމަށެވެ.

އެހެންވެ ރާއްޖޭގައި ސެންޓަރެއް ހުޅުވަން ނިންމީ ކަމަށް ބުންޏެވެ.

މާލޭގައި ހުޅުވާ މިއޮޓްގެ ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ލިބެން ހުންނާނެ އެވެ. އަދި ފަރުވާތައް ކުރިއަށް ގެންދާނީ އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

އަދި މިއޮޓް ނެކްސްޓް-ޖެން ތެލެމެޑިސިން ޚިދުމަތުގެ ދަށުން، ހޮސްޕިޓަލުގެ ސުޕަރސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނެ ގޮތް ވެސް ސެންޓަރުުގައި ހުންނާނެ އެވެ.

މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްގެ ގޮތުގައި މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕެޑިކް އެންޑް ޓްރޮމަޓޮލޮޖީ (މިއޮޓް) ހުޅުވީ 1999 ގަ އެވެ.