Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އީދަށް ކަތިލަން އައްޑު އަށް 30 ބަކަރި ހޯދަނީ

މިދިޔަ އަހަރުގެ އުޟްހިޔާ ކަތިލުމުގެ ތެރެއިން.

ކުރިއަށް އޮތް އަޟްހާ ޢީދަށް އުޝްހިޔާ ކަތިލުމުގެ ގޮތުން އައްޑު އަށް 30 ބަކަރި ހޯދަން ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ކަބަރި ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާބް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށެވެ.

ރަޖިސްޓްރީ ވާނީ ބަކަރި ފޯރުކޮށް ދޭން ބީލަން ހުށަހަޅާ ކުންފުނި/ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.

ކައުންސިލުން ބުނީ ބީލަންތައް ބަލައިގަނެ، ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި ކަމަށެވެ.