Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކެފޭއަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އާދޫއްތަ ދުވަހުގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ، މުޙައްމަދު ރަޒީން، 49، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދެވެ.

ފުލުހުން ބުނީ ރަޒީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ ކަމަށެވެ.

މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.