Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ހީލަތުގެ މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އައްޑޫ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ތަސްވީރުގޭ އާދިލް ހަމީދު، 47، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް: ދިއްގަރު ޕޮލިސް ސްޓޭޝަނަށް އާދިލް ހާޒިރުވާން އަންގާފައިވެ އެވެ.