Last Updated: April 30, 09:18
Wednesday, April 30, 2025
ދީން

ސުވަރުގެ ވައްދަވާ ސަބަބުތައް

1. މާތް ﷲއަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން:

މާތް ﷲ ވަޙީ ކުރައްވައިފައި ވަނީ ﴿وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ﴾‏ (سورة البقرة ٨٢) މާނައީ:"އަދި إيمان ވެ صالح عمل ތައް ކުޅަމީހުން، އެއީ ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެންނީ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ‎﴿‏ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾‏ (سورة الأحقاف ١٣) މާނައީ:"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ."

2. މާތް ﷲ އަށް ތަޤްވާވެރިވެ އެކަލާނގެ މުރާޤަބާކުރުން:

މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎* الَّذِينَ آمَنُوا وَكَانُوا يَتَّقُونَ ‎*لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ﴾‏ (سورة سورة يونس ٦٢-٦٤) މާނައީ:"ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إيمان ވެ، تقوى ވެރިވެ އުޅުނު މީހުންނެވެ.

ދުނިޔޭގެ حياة ގައްޔާއި، آخرة ގައި އެއުރެންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. اللَّه ގެ كلمة ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ. ‎﴿إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ﴾‏ (سورة الملك ١٢) މާނައީ:"ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ."

3. ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާކުރުން:

މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ‎﴿وَمَن يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا﴾‏ (سورة الفتح ١٧) މާނައީ:"اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާމީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އެމީހާ ވައްދަވާނެތެވެ. އަދި ފުރަގަސްދީފި މީހާޔަށް ވޭންދެނިވި عذاب އަކުން އެކަލާނގެ عذاب ދެއްވާނެތެވެ." ޞަޙީޙު އަލް ބުޚާރީގައި އަބޫ ހުރައިރާގެ އަރިހުން ރިވާ ވެގެންވެއެވެ. ހަމަކަށަވަރު ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. (كل أمتي يدخلون الجنة إلا من أبى ) قالوا يا رسول الله ومن يأبى ؟ قال : من أطاعني دخل الجنة ومن عصاني فقد أبى" (فتح الباري بشرح صحيح البخاري 13 /249.) މާނައީ:"ތިމަން ކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނަ ހުއްޓެވެ. އެއީ ދެކޮޅުވެރިވާ މީހުން ފިޔަވަ އެވެ."

ޞަޙާބީން ދެންނެވި އެވެ. އޭ މާތް الله ގެ ރަސޫލާ އެވެ. ދެކޮޅވެރިވާނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރާ މީހާ ސުވަރުގެ ވަންނަހުއްޓެވެ. ތިމަން ކަލޭގެފާނަށް އުރެދޭ މީހާ ދެކޮޅުވެރިވެއްޖެއެވެ."

4. މާތް الله ގެ މަގުގައި ޖިހާދު ކުރުން:

މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ﴿إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴾‏ (سورة التوبة ١١١) މާނައީ:"ހަމަކަށަވަރުން، اللَّه، مؤمن ންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمن ން) قتل ކޮށް، އަދި އެއުރެން قتل ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراة އާއި، إنجيل އާއި، قرآن ގައި، އެކަލާނގެ ذات ފުޅުގެ މައްޗަށް حق ގޮތުގައި ކުރައްވާފައިވާ وعد އެކެވެ. އަދި عهد ފުއްދުމުގައި، اللَّه އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ."

5. ތައުބާވުން:

މާތް ﷲ ވަޙީ ކުރައްވައިފައި ވަނީ ﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا * إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ‎*‏ جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا﴾‏ (سورة مريم ٥٩-٦١) މާނައީ:"ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ! توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

(އެއީ) رحمن ވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް غيب ގައި ދެއްވުމަށް وعد ކުރައްވާފައިވާ، عدن އޭ ކިއުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން، އެކަލާނގެ وعد ފުޅަކީ، އަންނާނޭ އެއްޗެއްކަމުގައިވެއެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. (التائب من الذنب كمن لا ذنب له.) (رواه ابن ماجة وغيره ، صحيح الجامع 3008) މާނައީ:"ކުށުން ތައުބާވާ މީހާ ކުށެއް ނުކުރާ މީހަކު ފަދައެވެ."

6. މާތް ﷲ ގެ ވަޖުހުފުޅު އެދިގެން ޢިލްމު އުނގެނުން:

މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ‎﴿لَّٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا﴾‏ (سورة النساء ١٦٢) މާނައީ:"އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް إيمان ވެއެވެ. (އެއުރެންނާއި) އަދި خاص ކޮށް ނަމާދު قائم ކުރާ މީހުންނާއި، زكاة ދޭ މީހުންނާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ."

7. ހެޔޮ ޢަމަލުތައްކުރުމާއި ކިޔަމަންތެރިކަން އަދާކުރުން:

މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ﴾ (سورة الحج ٧٧) މާނައީ:" އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."

މިކަންކަމުގެ އިތުރަށް ވެސް، މިސްކިތްތައް ޢިމާރަތް ކުރުމާއި، ނަމާދުގެ ޛިކުރުތައް ކިޔުމާއި، މަބުރޫރު ޙައްޖެއް ލިބުމާއި، ސަލާމް ކުރުން ގިނަކުރުމާއި މީސްތަކުންނަށް ކާންބޯން ދިނުމާއި ތިމާގެ ކަމުގެ ގުޅުންތައް ޤާއިމު ކުރުމާއި ރޭ އަޅުކަން ކުރުމާއި، ތެދުބަހުން ވާހަކަ ދެއްކުމާއި، ޢަހުދަށް ވާފަތެރިވުމާއި، އަމާނަތްތައް އަދާކުރުމާއި، އަތްފައިގެ ގުނަވަންތައް ރައްކާތެރިކުރުމާއި، ދިމާވާ ކަންކަމަށް ކެތްތެރިވުމާއި، ޔަތީމުންނަށް އާޅާލާ އޯގާތެރިވެ ބެލެހެއްޓުމާއި ބަލިމީހުންނަށް ޒިޔާރަތް ކުރުމާއި، ވިއްކާ ވިޔަފާރި ކުރުމާއި ސަމާހަތްތެރިވުމާއި، ޖަނާޒާގައި ބައިވެރިވުމާއި މިސްކީނުންނަށް އޯގާތެރިވުމާއި މި ނޫނަސް މިފަދަ އިތުރު ކަންކަން ހިމެނެ އެވެ.

އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި އަބޫ ހުރައިރާގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައި މީހުންގެ ތެރެއިން މިއަދު ރޯދައަށް ހުރީ ކާކު ހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައި މީހުންގެ ތެރެއިން މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކާކު ހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައި މީހުންގެ ތެރެއިން މިއަދު މިސްކީނަކަށް ކާންދިނީ ކާކު ހެއްޔެވެ؟

އަބޫބަކުރުގެފާނު ވިދާޅުވި އެވެ. ތިމަން ކަލޭގެފާނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ތިޔަބައި މީހުންގެ ތެރެއިން މިއަދު ބަލި މީހަކަށް ޒިޔާރަތް ކުރީ ކާކު ހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އެމީހެއްގެ ކިބައިގައި މިސިފަތައް ޖަމަޢަވެފައިވާ މީހާ ސުވަރުގެ ވަދެއްޖެ އެވެ." (شرح صحيح مسلم للنووي 15/164)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.