Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

އެންމެ ގިނަ ޚާފިޒުން ތިބީ އައްޑޫގައި

ރާއްޖޭގައ ޤުރުއާން ހިތުދަސް ޚާފިޒުން އެންމެ ގިނައީ އައްޑޫގައި ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނެފި އެވެ.

އެތަނުން ބުނީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށެވެ. އެގޮތުން 65 ޚާފިޒުން އެބަތިއްބެވެ. އަދި އެ މީހުންގެ އެވްރެޖު އުމުރަކީ 53 އަހަރެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނައީ ފުވައްމުލަކުގަ އެވެ. އެއީ 61 ޚާފިޒުންނެވެ. އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ. ތިން ވަނަ އަށް ޚާފިޒުން އެންމެ ގިނައީ ޅ. ނައިފަރުގަ އެވެ. އެ ރަށުގެ ޚާފިޒުންގެ އަދަދަކީ 10 އެވެ.

ވެރިރަށް މާލޭގައި ޚާފިޒުންގެ އަދަދަކީ އުޅެނީ 47 އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، ރާއްޖޭގައި މިހާރު ހުރި އެންމެ ޒުވާން ހާފިޒަކީ ބ. ހިތާދޫ، 10 އަހަރުގެ އަމަން އަހުމަދު އާތިފު ކަމަށެވެ. އަދި އެންމެ ދުވަސްވީ ޚާފިޒަކީ އައްޑޫ ފޭދޫ އައިސްގޭ، 91 އަހަރުގެ މުހައްމަދު ނައީމް އެވެ.

ރާއްޖޭގައި މި ވަގުތު 266 ޚާފިޒުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 140 ފިރިހެން ޚާފިޒުންނާއި އަންހެން 126 ޚާފިޒާއިންނެވެ.

ގުރުއާނާ ބެހޭ މަރުކަޒުން މިހާރު އަންނަނީ ޤުރުއާން ހިތުދަސްކުރާ މީހުންނާއި ހިތުދަސްކޮށްދޭ ކްލާސްތައް ހިންގާ ތަންތަން ދަފުތަރުކުރަމުންނެވެ.