Last Updated: July 27, 17:18
Monday, July 27, 2026
ދުނިޔެ

ރެސްޓޯރަންޓެއްގައި ރޯވެ 22 މީހަކު މަރުވެއްޖެ

ޗައިނާގެ ރެސްޓޯރަންޓެއްގައި މިއަދު ރޯވެ 22 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ލިއޮނިން ޕްރޮވިންސްގެ ލިއޮޔަން ސިޓީގަ އެވެ. ރެސްޓޯރަންޓްގައި ރޯވި ހާދިސާއާ ގުޅިގެން ރޯވި އިމާރާތް ނިއްވާލުމުގެ މަސައްކަތަށް 22 ފަޔަ ޓްރަކާއި 85 ފަޔަފައިޓަރުން ނެރެފައިވެ އެވެ.

މި ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ރެސްޓޯރަންޓްގައި ރޯވާން ދިވާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ފަހަކަށް އައިސް އަލިފާނުގެ ބޮޑެތި ހާދިސާތައް ޗައިނާ ވަރަށް ގިނައިން ދަނީ ހިނގަމުންނެވެ.