Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އެންމެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު އެލާޓް ނެރެފި އެވެ.

ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.