Last Updated: June 8, 11:14
Monday, June 8, 2026
ޚަބަރު

ހުކުރު ދުވަހު ކިޔާނީ ހަރަމްފުޅުގެ އިމާމު ދެއްވި ޚުތުބާ

އަންނަ ހުކުރު ދުވަހު ރާއްޖޭގެ މިސްކިތްތަކުގައި ކިޔަން ހަމަޖެހިފައި ވަނީ މިދިޔަ ހަފުތާގެ ހުކުރު ނަމާދުގައި މާލޭގެ އިސްލާމީ މަރުކަޒުގައި، ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ. ޞަލާޙުލް ބުދައިރް ދެއްވި ޚުތުބާގެ ތަރުޖަމާ ކަމަށް އސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

އިމާމު ދެއްވި ޚުޠުބާގެ މަޢުޟޫއަކީ "ތިޔަބައި މީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.” އެވެ. މި މަޢުޟޫއަށް ޑރ. ޞަލާޙުލް ބުދައިރު ދެއްވި ޚުތުބާ އަކީ އިބުރަތްތެރި އެތައް ފިލާވަޅުތަކާއި ދަރުސްތަކެއްގެ މައްޗަށް އެކުލެވޭ ވަރަށް އަސަރުގަދަ އިލްމީ ޚުޠުބާއެކެވެ.

އިމާމު އިސްވެވަޑައިގެން އިސްލާމީ މަރުކަޒުގައި ކުރެއްވި ހުކުރު ނަމާދަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ އެވެ.