މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ މޮހާރުގެ ޗެއާޕާސަންގެ ދައުރު އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހު ހަމަވާތީ އެވެ. އެހެންވެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ޖޫން 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕެންޝަން އޮފީހުން ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށް ފަހު، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީ) އިން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހުރިއްޔާ އެވެ.
ޗެއާޕާސަންގެ ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި 7 މެންބަރުން ތިއްބަވަ އެވެ. އެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި މިޖާރު ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ.
ޕެންޝަން އޮފީހުގެ ބޯޑްގެ މެންބަރުންގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ތިން އަހަރެވެ.