Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްއަކަށް ޝިޔާއު

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) ގެ މަގާމަށް އަހުމަދު ޝިޔާއު އައްޔަންކޮށްފި އެވެ.

އޭނަ އަކީ ކުރިން ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ޕީއެސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

ޝިޔާއު އަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓާގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރުކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރުކަމާއި، އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އެޑްމިނިސްޓްރޭޝަންގެ މަގާމު ވެސް ފުރުއްވި އެވެ.

ޝިޔާއު އަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.