އިންޑިއާގެ ކަލްކަތާގެ ހޮޓަލެއްގައި ރޭ ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެެއްގައި 14 މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން މިއަދު ބުނީ ކަލްކަތާގެ "ރިތޫރާޖް ހޮޓެލް" ގައި ރޯވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު އިތުރު ދެ މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ވެސް ދެމުންނެވެ.
ހޮޓަލުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހޮލަޓުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮޓަލުގައި ރޯވީ ކަރަންޓް ޝޯޓެއްވެގެންނެވެ.
Deeply saddened by the loss of lives due to the collapse of a wall in Visakhapatnam, Andhra Pradesh. Condolences to those who have lost their loved ones. May the injured recover soon.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The…
— PMO India (@PMOIndia) April 30, 2025
ކަލްކަތާގެ ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެ އާއިލާތަކާއި ހާދިސާގައި ގެއްލުންވި މީހުންގެ އާއިލާތަކަށް މާލީ އެހީ ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.