Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަން ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ ހަމްދީ އައްޔަން ކުރަން ނިންމާފައިވާތީ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނަގެ ނަން ފޮނުއްވައިފި އެވެ.

އަސްމާ އަކީ މަރުކަޒީ ބޭންކްގެ ގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅާ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މިދިޔަ މަހުގެ 17 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލައެއް ވެސް ވައްދާފައި ވަނިކޮށެވެ.

އެމްއެމްއޭގެ މިހާރުގެ ގަވަރުނަރަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.