Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މަންދީ އަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފި

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ އަހުމަދު ފެމިލީ ކޯޓުގައި ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް ތުހުމަތުކޮށް، މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މިއަދު ބޭއްވު ޝަރީއަރުގެ ފުރަތަމަ އަޑުއެހުމުގައި އޮތީ ދައުވާ ކުރި ފަރާތުން ދައުވާ ހުށަހެޅުން ކަމަށެވެ. އަދި އުފުލާފައިވާ ދައުވާއާ ގުޅިގެން އަންނަ މަހުގެ 15 ގައި ޖަވާބު ދާރީވެ ހެކި ހާމަކުރުމަށް ފުރުސަތު ދީފައިވެ އެވެ.