Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޤުރުއާން ހިތުދަސްކުރާ މީހުންނަށް 150،000ރ.

ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ، ކ. ހުރާގެ ކޮންމެ މީހަކަށް 150،000ރ. ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހުރާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނު ކުރުމުގެއް ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ ހާފިޒަކަށާއި އަމިއްލަ ގޮތުން ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ މީހަކަށް ވެސް 150،000ރ. ދޭނެ ކަމަށް ބުންޏެވެ.

އެގޮތަށް ނިންމީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްގެންނެވެ.

ހުރާ ކައުންސިލުން ބާއްވާ، ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.