Last Updated: July 14, 13:21
Tuesday, July 14, 2026
ޚަބަރު

އަތޮޅުތަކުގެ މުދިމުންގެ މުސާރަ ލަސްވެއްޖެ

ސިސްޓަމްތަކަށް ޖެހުނު މައްސަލަ އަކާއި ގުޅިގެން އަތޮޅުތަކުގެ މުދިމުންގެ މުސާރަ ދިނުން ލަސްވާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

މުދިމުންނަށް ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ގްރޫޕަކަށް މިނިސްޓްރީގެ އޮފިޝަލަކު ފޮނުވި މެސެެޖެއްގައި ވިދާޅުވީ އެޕްރީލް މަހުގެ މުސާރަ ހަދަމުން ދަނިކޮށް ސިސްޓަމަށް ދިމާވި މައްްސަލަ އަކާއި ގުޅިގެން މުސާރަ ދިނުން ލަސްވެދާނެ ކަމަށެވެ.

އަދި ސިސްޓަމަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، މުސާރަ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ.