Last Updated: April 30, 23:11
Wednesday, April 30, 2025
ޚަބަރު

މަސައްކަތްތެރިން މާދަމާ މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން ގޮވާލައިފި

މަސައްކަތްތެރިން ނިކުމެ މުޅި ރާއްޖޭގައި މާދަމާ އިހުތިޖާޖު ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފްތާގައި އެމްޑީޕީން އައްޑޫ ސިޓީއަށް ކުރި ދަތުރާ ގުޅުވައި އެ ޕާޓީއަށް ނިސްބަތްވާ ވެމްކޯގެ ދެ މުވައްޒަފަކުން އެ ކުންފުނީގެ ވަޒީފާއިން ވަކިކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރުމަކީ ރާއްޖޭގައި މިވަގުތު ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މަސައްކަތްތެރިކަން ހައްގުތަކަށް ވަކާލާތު ކުރުމަށް މޭ ޑޭ މާދަމާ ފާހަގަކުރާއިރު ސަރުކާރުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ އެތައް އާއިލާއެއް ހާލުގައި ޖެއްސުމާ ދެކޮޅަށް އެންމެހާ މަސައްކަތްތެރިން ނުކުމެ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.