ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު، ޝަނާޔާ ކަޕޫރް ތައާރަފުކުރާ ފިލްމު "އާނކޯ ކީ ގުސްތާންކިޔާ" މި އަހަރުގެ ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ ޖުލައި 11 ގަ އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "އާނކޯ ކީ ގުސްތާކިޔާ" ގެ ބަތަލަކީ ވިކްރާންތު މަސީ އެވެ.
ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އިން ގެނެސްދޭ ފިލްމުގައި ކިޔައި ދޭނީ ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލުތައް ކުޅޭ ބަތަލާއަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ އެވެ.
"އާނކޯ ކީ ގުސްތާކިޔާ" ގެ ޑައިރެކްޓަރަކީ މަގުބޫލު ވެބް ސީރީޒްތައް ކަމަށްވާ "ބްރޯކެންޑް ބަޓް ބިއުޓިފުލް" އާއި "އަޕަހާރަން" ގެނެސްދިން ސަންތޯޝް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޝަނާޔާ ބޮލީވުޑަށް ނެރޭ ފިލްމު ގެނެސްދޭ ތާރީހު އިއުލާންކުރި އޭނަގެ އަތުގައި މިހާރު ވެސް އިތުރު ތިން ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ' އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް "ރުޝުބާ" ގެ އިތުރުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" އެވެ.
ޝަނާޔާ އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ ސަންޖޭގެ ދޮށީ ދަރިފުޅެވެ. އަދި އޭނަ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ.