ހަނގުރާމައަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެއް ސަލްމާން ޚާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތެއް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް، ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ.
އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ. އެ ހާދިސާ އަށް ބިނާކޮށް އަޕްރޫވާ ހަދަން ތައްޔާރީތައްވަމުން އަންނަ ފިލްމުގެ ވާހަކަ ސަލްމާނަށް ނެރޭޓްކޮށް ދިނުމުން އެއަށް އޭނަ އެއްބަސްވާނެކަމުގެ އިޝާރާތްތަކެއް ދީފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
އެހެންވެ މި އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ވެސް ފަށަން ޕްލޭންކޮށްފައި އޮތް ކަމަށް އެ ނޫހުން ބުންޏެވެ. އަޕޫރްވާގެ ފިލްމަށް ސަލްމާން ސޮއިކޮށްފި ނަމަ، މި ވާނީ ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ. އަޕޫރްވާ އަކީ "އޭކް އަޖުނަބީ" އާއި "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި "މިޝަން އިސްތަންބޫލް" އާއި "ޒަންޖީރު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ހަސީނާ ޕަރްކާރް" އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މާޗްގައި ރިލީޒްކުރި އެކްޝަން ތުރިލާ "ސިކަންދަރު" އެވެ.