މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް އާމްދަނީގެ ގޮތުގައި 546.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން އާންމުކުރި ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ދައްކާ ގޮތުންއެންމެ ބޮޑު އާމްދަނީއެއް ވަނީ މޯބައިލް ހިދުމަތްތަކުންނެވެ. އެގޮތުން އެ ހިދުމަތްތަކުން 411.3 މިލިއަން ރުފިޔާ އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ހިދުމަތްތަކުން 134.8 މިލިއަން ރުފިޔާ އާއި އެހެނިހެން ހިދުމަތްތަކުން 516،000 ރުފިޔާ ލިބިފައިވެ އެވެ.
އުރީދޫގެ ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 198.1 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ. ނަމަވެސް ޓެކުހަށް ކެނޑުމަށް ފަހު ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ އަކީ 166.8 މިލިއަން ރުފިޔާ އެވެ.