Last Updated: May 1, 13:46
Thursday, May 1, 2025
ޚަބަރު

އައްޑޫގައި ސިފައިންގެ އަސްކަރީ ތަމްރީނެއް

ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީނެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު އޮންނާނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އެއީ އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް، ގަމުގަ އެވެ.

އެގޮތުން އެ ތަމްރީނު ކުރިިއަށް ދާނީ ގަމުގެ ދެކުނުން ފަސް ނޯޓިކަލް ބޭރު ކަނޑުމަތީގަ އެވެ. އެ ތަމްރީނުތަކުގައި ބޭނުން ކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގަމުގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން 9،000 މީޓަރު ދުރުމިނަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ވަޒަން ދަތުރު ކުރާނެ އުސްމިނަކީ 100 މީޓަރެވެ.