Last Updated: June 17, 13:01
Tuesday, June 17, 2025
ޚަބަރު

ސްޓޫޑެންޓް ލޯނަށް އެދި 1،300 ހުށަހެޅުން

ސްޓޫޑެންޓް ލޯނު ސްކީމަށް އެދި 1،300 އަށްވުރެ ގިނަ ދަރިވަރުން ހުށަހަޅައިފި އެވެ.

ރާއްޖެ އިން ރާއްޖެ އިން ބޭރުން ކިޔަވަން ދޫކުރާ ސްޓޫޑެންޑް ލޯނަށް 500 ފުރުސަތާ އެކު ހުޅުވައިލީ މާޗް މަހުގެ 29 ގަ އެވެ. އެޕްލައި ކުރަން ދިން މުއްދަތު ހަމަވީ އިއްޔެއަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ފޯމުތައް މިހާރު އިވެލުއޭޓް ކުރަން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ތަފުސީލު ހާމަކުރާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ސަރުކާރު ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރަށް ޓޮޕް އަޕް ނަގަން ބޭނުންވާ ދަރިވަރުންނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެ މުއްދަތުގައި ހުޅުވައިލި އެވެ.

ސްޓޫޑެންޓް ލޯން ދޫކުރާނީ ތިން ގިންތިއަކުންނެވެ. އެއީ ޓޮޕްއަޕް ލޯނާއި ރާއްޖޭގެ ޔުނިވަސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވަން ދޭ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ދޫކުރާ ލޯންތަނެކެވެ.

ސްޓޫޑެންޓް މިހާރު ދޫކުރަނީ އިސްލާމީ ޝަރީއާގެ އުސޫލުތަލާ އެއްގޮތަށެވެ.