ކުރު މުއްދަތެއްގައި ރައްޔިރުންގެ ނުރުހުމާ އެންމެ ބޮޑަށް ކުރިމަތި ލައްވަންޖެހިވަޑައިގަންނަވާ ވެރިއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިޒް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ވެމްކޯގެ އައްޑޫ ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ދިމާވާ ގޮތަށް ގާނޫނާ ހިލާފަށް ވެމްކޯގެ އައްޑޫގެ ދެ މުވައްޒަފަކު ވަޒީފައިން ވަކިކޮށްފައިވާ ކަމަށެވެ.
"ހަމައެކަނި ސަބަބަކީ އެ މުވައްޒަފުންގެ ސިޔާސީ ފިކުރު." ވަކިކުރި އެމްޑީޕީ އަށް ނިސްބަތްވާ މުވައްޒަފުންނާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ރައީސް ވެވަޑައިގެންނެވި ވައުދުތަކާ މުޅިން އިދިކޮޅަށް ވެރިކަމުގެ ސިޔާސަތު ބައްޓަން ވަމުން ދިއުމުގެ ނަތީކާ އަކީ ރައްޔިތުންހެ ނުރުހުން ކަމަށެވެ.
"ކުރު މުއްދަތެއްގައި ރައްޔިރުންގެ ނުރުހުން އެންމެ ބޮޑަށް ކުރިމަތި ލައްވަންޖެހިވަޑައިގަންނަވާ ވެރިއަކަށް ރައީސް މުއިޒް." ނިޒާރު ވިދާޅުވި އެވެ.