Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އުޖޫރައިގެ ހަމަހަމަކަން ގެންނަން ޖެހޭ: ޝާހިދު

މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާ އިރު، އުޖޫރައިގެ ހަމަހަމަކަން ގެންނަން އެމްޑީޕޯގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އޭނަ ވިދާޅުވީ ގާނޫނުއަސާސީއާ އި ގާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތަކުގެ ކަށަވަރުކަމާއި އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ޔަގީންކުރެވި، ‘މުސާރައިގެ އެއްހަމަކަން’ އެއީ ރާއްޖެ އަށް މިއަދު ނުހަނު ބޭނުންތެރި ކަމެއް.ކަމަށެވެ.

"ޕޭހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެ ވެސް މަސައްކަތާއި ތަޢުލީމާ ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެ ހޭކަމެއް." ޝާހިދު ވިދާޅުވި އެވެ.

އޭނަ ވަނީ އުޖޫރައިގެ ހަމަހަމަކަމާއި މިނިވަންކަމަށް ގޮވާލައްޗަމުން މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ހީވާގި ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވައިފަ އެވެ.