އައްޑޫގެ މަލަމަތި ޒީނަތްތެރި ކުމަށްޓަކައި ޑިޖިޓަލް ގޭޓެއް ބަހައްޓަން ނިންމާފައިވާތީ އެ ޑިޒައިންކޮށް ސަޕްލައިކޮށް އަދި އިންސްޓޯލްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުުޅުވާލައިފި އެވެ.
އެތަނުން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މި މަހުގެ 8 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މި މެއިލަށް finance@adducity.gov.mvފޮނުވައިގެންނެވެ.
ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭނެ އެވެ.
މި ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
އައްޑޫގެ މަލަމަތި ރީތިކުރަން ޑިޖިޓަލް ބަހައްޓަން ނިންމި އިރު، މަލަމަތި ރީތި ކުރަން އައްޑޫގެ ބައެއް އަވަށްތަކުގައު ކަދުރުރުއް ވެސް އިންދާފައިވެ އެވެ. އަދި މަލަމަތި ޒީނަތްތެރި ކުރަން ގާޑަންލައިޓްތަކެއް ވެސް ޖެހުމަށް ކައުންސިލުން ނިންމާފައިވެ އެވެ.